ޤައުމީ މިއެކުވެރިކަން މަތީ ތިބެގެން ކުރީމެ ސަލާމް
We salute you in this national unity.
ޤައުމީ ބަހުން ގިނަހެޔޮ ދުޢާ ކުރަމުން ކުރީމެ ސަލާމް
We salute you, with many good wishes in the national tongue,
ޤައުމީ ނިޝާނަށް ޙުރުމަތާއެކު ބޯލަނބައި ތިބެގެން
Bowing the head in respect to the national symbol.
އައުދާނަކަން ލިބިގެން އެވާ ދިދައަށް ކުރީމެ ސަލާމް
We salute the flag that has such might ;
ނަސްރާ ނަސީބާ ކާމިޔާބުގެ ރަމްޒަކަށް ހިމެނޭ
It falls into the sphere of victory, fortune and success
ފެއްސާއި ރަތާއި ހުދާ އެކީފެނުމުން ކުރީމެ ސަލާމް
With its green and red and white together, and therefore we salute it.
ފަޚްރާ ޝަރަފް ގައުމަށް އެހޯދައިދެއްވި ބަތަލުންނަށް
To those heroes who sought out honour and pride for the nation
ޒިކްރާގެ މަތިވެރި ޅެންތަކުން އަޑުގައި ކުރީމެ ސަލާމް
We give salute today in auspicious verses of remembrance.
ދިވެހިންގެ އުންމޭ ކުރި އަރައި ސިލްމާ ސަލާމަތުގައި
May the nation of the Maldivians advance under guard and protection
ދިވެހީންގެނަން މޮޅުވުން އެދިތިބެ ކުރީމެ ސަލާމް
And the name of the Maldivias become great.
މިނިވަންކަމާ މަދަނިއްޔަތާ ލިބިގެން މިޢާލަމުގާ
We wish for their freedom and progress in this world
ދިނިގެން ހިތާމަތަކުން ތިބުންއެދިގެން ކުރީމެ ސަލާމް
And for their freedom from sorrows, and thus we salute.
ދީނާއި ވެރިންނަށް ހެޔޮހިތުން ހުރުމަތް އަދާކުރަމުން
With full respect and heartfelt blessing towards religion and our leaders,
ސީދާ ވަފާތެރިކަންމަތީ ތިބެގެން ކުރީމެ ސަލާމް
We salute you in uprightness and truth.
ދައުލަތުގެ އަބުރާ ޢިއްޒަތާ މަތިވެރި އަބަދަށް
May the State ever have auspicious honor and respect.
އައުދާނަވުން އެދި ހެޔޮދުޢާ ކުރަމުން ކުރީމެ ސަލާމް
With good wishes for your continuing might, we salute you.